ގއ. ދާއިރާތަކުގެ ކޯޅުން: 100 އަހަރުވީ އަނިޔާވެރިކަން އަދިވެސް ހަދާން ނުނެތޭ!

Share on facebook
Share on google
Share on twitter
Share on linkedin
Share on pinterest
Share on email

ގއ. އަތޮޅަކީ އެކި ގޮތްގޮތުން ފާހަގަކޮއްލެވޭ އަތޮޅެކެވެ. މީހުންގެ ނުބައި ކަމުންނާއި، ނުލަފާ ކަމުން ފާހަގަ ކޮށް، ހަޖޫ ޖަހާ މަޝްހޫރު އަތޮޅެކެވެ. މިކަން މިހެންވަނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. މީގެ ހެއްކެއްގެ ގޮތުން އެންމެ ފަހުން ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ގއ. އަތޮޅުގެ ނަތީޖާއަށް ބަލާލުމުންވެސް ފެނެއެވެ. އަނިޔާވެރިކަމާއި، ބޭއިންސާފުގެ މަގުން ކަންކުރާއިރު ގއ. ގެ ރައްޔިތުން ބަލަން ނުތިބޭނެ ކަން މީ ހަގީގަތެވެ. ކުރެވުނު ކަމެއް ކުރާނެއެވެ. އެއްގޮތުން ނުވެއްޖެ ނަމަ އަނެއްގޮތުން ކުރަން ފަސްނުޖުހޭ ހުވަދޫ މީހުންނެވެ.

ގއ. އަތޮޅުގައި ވެރިކަން ކުރާރަށް ވިލިގިލި (ވިލިގިއްލާ) އަކީ އަދި ވަކީން ހާއްސަ ގޮތަކަށް ފާހަގަކޮއްލެވޭ ރަށެކެވެ. ޕީޕީ ކުދީންގެ އާދަޔާއި ޙިލާފު އާބާދީއެއް އޮންނަ، މިހާރު ކުލަބަދަލުކުރާ ބޯވަތަށް އެހާމެ ގިނަ ރަށެކެވެ. ނުލަފާކަމާއި، ހައްދުފަހަނަޅާ ދިޔުމުގެ ރޮގުން ރެކޯޑު އޮންނަ ބައެއްގެ ވެރި ރަށެކެވެ. ގއ. އަތޮޅުގެ އެތައް ބަޔެއްގެ ހައްގަށް އަރައިގަނެ، އެތައް ފަހަރެއްގެ މަތީން އަމިއްލަ މަންފާ ހޯދުމުގައި ފާހަގަވާ ބައެކެވެ. ގއ. އަތޮޅޫގެ ވެރިކަން ކުރާ ރަށް ކަމުގައި އޮވެ، އެހެން ރައްރަށަށް ސަރުކާރުން ފޮނުވާ މުދަލާއި، ދޭ ފުރުސަތުތަށް ފޭރިގަނެ ހަމަ އެކަނި އަމިއްލަ މަންފާއަށް މަސައްކަތްކުރުމުގެ ދިގު ތާރީހެއް އޮތް ބައެކެވެ. އަތޮޅުގައި ހިނގާ ބޮޑެތި މަޝްރޫއު ތަކުގައި (މިފްކޯ، އެއާރޕޯޓު، އެހެނިހެން) ތަންތާގައި އަތްގަދަކޮށް، އަތޮޅުގެ ވެރިން ގޮތުގައި ތިބެ އެހެން ރައްރަށުގެ މީހުނަށް އެތަށް އަނިޔާއެއް ދީފައިވާ ބައެކެވެ.

ޒަރޫރީ ބޭނުންތަކަށް ވިލިގިއްޔަށް ދާމީހުނަށް ގޯނާކުރުމާއި، ފުރައްސާރަކުރުމަކީ މިބައިމީހުންގެ ސަގާފަތެކެވެ.

ކަންމިހެން އޮއްވާ، މިދިމާވަނީ އަތޮޅުވެރިކަން ކުރާނެ މީހުން ހޮވަންވީ ދުވަހާއެވެ. މިހާރުގެ ބަހުންނަމަ، އަތޮޅު ކައުންސިލު އިންތިޙާބާއެވެ. މިހާރުކޮއްލަން ޖެހޭ ސުވާލަކީ، އަނެއްކާވެސް އަތޮޅުގެ ވެރިކަން ކުރުމުގެ ބާރު ދޭންވީ ވިލިގިއްޔައްތޯއެވެ.

ޕީޕީ ކުލައިން ފޯވެ، ޔާމީނުއާއެކު، ޕެނަޑޯލާއި، މެޑަމާއި އެކު ވަޔާގްރާ ބަންދުކުރަން އިސް ސަފުގައި ތިބީ މި ރަށުގެ ލޮބުވެދި ދަރީންނެވެ. އެންމެ ނުލަފާކަން ދައްކާ، އަދުރޭގެ ހިސާބުން 2 ލައްކަ މީހުން މިބައިމީހުންގެ ތެރެއިން ނުކުމެ އެމްޑީޕީ ވަޅުލާ ރައްޔިތުންގެ ހައްގުތަށް ފައިދަށަށްލާ ފިއްތާލަން މަސައްކަތް ކުރިއެވެ.

ވެރިކަން ބަދަލުވެ، މީގެ ނަތީޖާއެއްގެ ގޮތުގައި ސޯލިހު ވެރިކަމުގެ ހެޔޮނަސީބު ޕްރޮގްރާމުގެ ދަށުން ގއ. ވިލިގިލީގައި އެކަނި މުޅި ހުވަދު އަތޮޅުގެ އެހެން ރަށްރަށްވުރެ ގިނަ ސިޔާސީ މަގާމު އުފައްދައި ހަދިޔާކޮއްފައިވެއެވެ. މި ނަސީބުވެރިންނަކީ ވެސް، އެއްކަލަ ފޮށި ބަންދުކުރުމުގެ ތަޖުރިބާކާރު ބޭކަލުންނާއި ބޭކަބަޑުންނެވެ. މިއީ އިންސާފުތޯ ސުވާލުކޮއްފޮނުވާ ސިޓީވެސް ދަނީ މިއިން މީހެއްގެ ޑަސްބިންތެރެއަށް ވުމަކީ ސޯލިހުވެރިކަމުގެ ހެޔޮ ކަމުގެ ލާމަސީލު މިސާލެކެވެ.

މިފަހަރު އަދުރޭ ނޫން އެހެންމީހެއްގެ ހިސާބަށް ބަލާލާއިރު، ގއ. ވިލިގިލި އަކީ އެންމެ ގިނަ ސިޔާސީ މަގާމު ދީފައިވާ ރަށެވެ. އާބާދީގެ ގޮތުން ދެގުނަ ބޮޑު ގއ. ތިނަދޫގައިވެސް މިހާ ސިޔާސީ މީހުން ބޭނުން ނުވެއެވެ.

މިކަންވާ ގޮތް ބަލާލާއިރު، މި މަގާމް ތަކަކީ ގއ. ގެ އެހެން ރައްތަކަށް ދޭން ނިންމައިފައިވާ މަގާމްތަކެވެ. އެހެނަސް، ޕެނަޑޯލުގެ ބާރުން ހެދި ޑީލު ތަކެއްގެ ޒަރިއްޔާއިން މި ހުރިހާ ކަމެއް، ނަސީބެއް ފުރުސަތެއް ވިލިގިއްލާއަށް ދީގެން މިކުރަނީ އަނިޔާނޫން ދެން ކޮން ކަމެއްތޯއެވެ.؟

ގއ. އެހެން ދާއިރާތަކުގެ މެންބަރުންނަށް ތިބީ ސަރުކާރު ހިންގާ ޕާޓީ އަށް ނިސްބަތްވާ ކުލަ ރީނދޫ މެންބަރުންނެވެ. މަޝްހޫރު ކޮރަޕްޝަން ހުއްޓުވާ ބޯބުޅި ޔައުގޫބު އާއި، ފާޑަކަށް ތަލަ އެމްޑީޕީ އަޙްމަދު ސަޢީދުއެވެ. އެހެން ނަމަވެސް، އަމިއްލަގޮތުން ވިލިގިލީދާއިރާ އަށް ހޮވާފައިވާ ސައުދު ހުސައިން ސަރުކާރާއި ދައުލަތުގައި މާބާރުގަދައެވެ. ބޯބުޅިވެގެން ވާކަމެއް، ތަލަވެގެން ވާކަމެއް ނެތެވެ. ކަންކަން ވަނީ ކިރިޔާ ވާވަރަށް އިޝްތަށި ހުންނަ މީހާއަށްކަން މީ މިހާރު މީހުންދަންނާނޭ ހަގީގަތެކެވެ.

ކަންކަން ބަދަލުކުރެވޭނީ، ކަންކުރަން ތިބި މީހުން ބަދަލުކޮއްގެންކަން ޔަގީނެވެ. ގއ. ގެ ރައްޔިތުންވެސް ކުރަންވީ އެކަމެވެ. ސޯލިހުވެސް ކުރަންވީ އެކަމެވެ. އަންނިވެސް ކުރަންވީ އެކަމެވެ. އަތޮޅުގެ ހިނގާނެ ހުރިހާ ކަމެއް ނިންމާނެ ގޮޑި، ނުބައި ތާރީހެއް އޮޔް ބަޔަކަށް ދިނުން ބުއްދިވެރި އެއްނޫނެވެ. ފައްކާ މޮޔަކަމެވެ.

1 thought on “ގއ. ދާއިރާތަކުގެ ކޯޅުން: 100 އަހަރުވީ އަނިޔާވެރިކަން އަދިވެސް ހަދާން ނުނެތޭ!”

Leave a Comment

Your email address will not be published.

ތާޅަފަިލި ބްލޮގް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގާ ކޮރަޕްޝަނާއި، ތަފާތުކުރުންތަކާއި، އަދި އެހެނިހްން އިހުމާލުވުންތަށް އެއްވެސް ސިޔާސީ ނުފޫޒެއްނެތި ރިޕޯޓު ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި ބޮލޮގުގައި ކޮންމެ މީހަކަށްވެސް ލިޔުމެއް ޝާއިރު ކުރެވިދާނެއެވެ

  • މައުލޫމާތު
  • މަސައްކަތް
  • އިޝްތިހާރު ކުރުން
  • ގުޅުއްވުމަށް
  • މައުލޫމާތު ފޮނުވުމަށް
  • ހުރިހާ ހަބަރުތައް
  • ކޮރަޕްޝަން
  • ވައްކަން
  • ސަރުކާރު
  • ސިޔާސީ

އީމެއިލް އަށް ހަބަރު ލިބިލެއްވުމަށް މިބައި ފުރާލާ