ބަންގާޅީންނާއި ނުލާ ދިވެހި ކުންފުނިތައް ނުހިންގޭ ސަބަބުތައް!

Share on facebook
Share on google
Share on twitter
Share on linkedin
Share on pinterest
Share on email

ފަރުވާލެއް ދުރުވިސްނުމެއްނެތި ބަންގާޅީން އެތެކޮށް ގައުމުގެ އަމާންކަން ނަގާލާ ހިސާބަށް މިއަދު މި ވަނީ ގޮސްފައެވެ. ދިވެހިންގެ ވަޒީފާތައް ފޭރި، މަސައްކަތުގެ މާހައުލު ކިލަނބުކޮށް، މި މަގުބޫލު ދިވެހިރާއްޖޭގެ މަލަމަތި ފަޑުކޮއްފި!.

ސުމާރެއް ހަމައެއް ލަމައެއްނެތި، ކިރިޔާކަމެއް ކުރަންވީމަ ބަންގާޅީން އެތެރެކުރުން އަދި އެކަން އެގޮތަށްވާން ދޫކޮއްލާފައިއޮތް ސިޔާސަތުވެސް ބަދަލުކުރަން މާލަސްވެއްޖެއެވެ. މިއަދު ސަރުކާރުން ނިންމި ނިންމުމާއި ތާއިދުކުރާހާލު، ވިޔަފާރިވެރިންނަށް އަދިވެސް ބަންގާޅީމީހުންގެ ބޭނުން ނޮކޮއްނުވާ ނަޒަރަކުން މިނިސްޓަރު ވާހަކަ ދެއްކުވީތީ ހިތާމަކުރަމެވެ. ކީއްވެބާއޭ ދިވެހިންނަށްނުވާންވީ މިއީ ހިތައްއަރާ ސުވާލެކެވެ.

ތާޅަފިލިން މި ނަޒަރުހިންގާލަނީ ދިވެހިންނަށްވުރެ ބަންގާޅީންނަށް އިސްކަންދޭންޖެހޭ ސަބަބުތަކަށެވެ. ދިވެހިރާއްޖޭހެ ވަޒިފާއާއި ބެހޭގާނޫނުގައި ހަމަގައިމުވެސް އޮތީ ދިވެހިމީހާއަށް އިސްކަންދިނުމަށް ލަފާދީފައި ކަމުގައިވީއިރު އެގޮތަށް އެކަންތައްތައް ނުވާންވީ ސަބަބުވެސް ސާފުކޮއް ދިވެހިރައްޔިތުންނަށް އޮޅުންފިލުވަންޖެހޭނެތާއެވެ.

  1. ދިވެހިންގެ ކަންނެތްވާހަކަ

ދިވެހި މުވައްޒަފުން މަސައްކަތަށް ފަރުވާތެރިކަން ނުހުންނަނީއޭ، ހަރެއްނުލައޭ، ބުނާގޮތެއް ނުހަދައޭ، ފަރުވާކުޑައޭ މިއީ ބަންގާޅީން ބޭރުކުރުމާ ދެކޮޅު ދިވެހިން ވަރައްފޯރިއާއެކު ދައްކާވާހަކައެވެ. މީގައި ކޮންމެވެސް ވަރަކަށް ހަގީގަތް ވާނެކަމަށް “ތާޅަފިއްޔަށް” ގަބޫލުކުރެވެއެވެ. މިސާލަކަށް އޮފީހެއްގައި މަސަތްކަތް ކުރުމަށް ގެންނަ ބަންގާޅީމީހާ ކުރާނެ އެހެންކަމެއް އޮންނާނެހެއްޔެވެ؟ އޭނާ، ކަނޑައެޅިފައިވާ އޮފީސްވަގުތު ނިމުމުން އޮފީހުގައި މަޑުކޮށް އޮފީސް މަސައްކަތުގައި ވަގުތު ހޭދަކުރުމުން، ދިވެހިމީހާ އެގޮތަށް މަސައްކަތް ކުރާނޭ ކަމަށް ދެކިގެން ނުވާނެއެވެ. އޭނާގެ އާއިލާއެއްވެސް، ކުރާނެ އެހެންކަމެއްވެސް، ވަގުތުދޭންޖެހޭ ޒިންމާތައްވެސް ހުންނާނެއެވެ. ކަނޑައެޅިފައިވާ ވަގުތާއީ، މުސާރައާއި އެކަޝީގެންވާ ވަރައް މަސަތްކަތް ކުރުމަށްފަހު ދެން ބޮސްގެ ގޭގެ ބޮކި ބަދަލުކުރަންދާނެ ވަގުތު ނުވުމަކީ “ދިވެހިން ކަންނެތްވެ، ފަރުވާކުޑަ” ވުމެއްނޫނެވެ.

  1. މުސާރައިގެ ތަފާތުކުރުން

ބަންގާޅީމީހާއަށް ކުޑަމުސާރައެއްދީގެން، ކޭޝްފްލޯ ދަތިވީމަ މުސާރަނުދީ ހިފަހައްޓަހާލާ އެމީހުންނަށްވެސް ވަޒީފާއާއިބެހޭ ގާނޫނޫންދީފައިވާ ހައްގުތަކަށް އަރައިގަނެ ފަސޭހައިން ސަލާމަތްވުމަކީ ހަގީގަތުގައި ދިވެހިންގެ މައްޗަށް ބަންގާޅީންނަށް ވަޒީފާދިނުމުގެ އަސްލުކަމުގައި ގަބޫލުކުރަމެވެ. ރާއްޖޭގެ ނަންހިގާ ކޮންސްޓްރަކްޝަން ކުންފުނިތަކާއި، ރިސޯޓުދާއިރާގެ ކުންފުނިތަކުގެ މުވައްޒަފުން ހާއްސަކޮއް ބަންގާޅީން ،މުސާރަނުދީގެން ކޮންމެވެސް ވައްތަރެއްގެ ހަޅުތާލެއް ނުކުރާ ތަނެއް މަދުވާނެއެވެ. މިއީ ކޮންމެދުވަހަކު ގޮތަށް ފެނަނަ މަންޒަރެވެ. ބަންގާޅީނަށް މިރާއްޖޭގެ ވަކާލާތުކޮއްދޭނެ ލޯޔަރުންނުވާތާގަ މައްސަލަ ކޯޓަށްގެންދަން ކޮޕީނަގާނެ ޕާސްޕޯޓުވެސް އޮންނަނީ ކުންފުނިން ހިފަހައްޓާފައެވެ.

ރާއްޖޭގެ މަސައްކަތް ކުރާ ބަންގާޅީނަށްވެސް މިނިމަމް ވޭޖްއާއި އެއްގޮތަށް ހަމަ މުސާރަދޭން ކަނޑައަޅައި، ދިވެހިންނާއި އެއްގިންތިއެއްގައި ގާނޫނީ އެހީތެރިކަން ލިބޭނެ ފުރުސަތު ދެވޭދުވަހަކުން މުސާރައަށް މަކަރުހެދުމުގެ ނިޔަތުގައި ބަންގާޅީން ގެންނަ ކުންފުނިތަކަށް އެ ފުރުސަތެއް ނުލިބޭނެއެވެ.

  1. މަސައްކަތުގެ މާހައުލާއި، އާންމު ހާލަތު

12 ފޫޓު 12 ފޫޓުގެ ކޮޓަރިއެއްގައި 12 ދިވެހީންނެއް ނޫޅޭނެއެވެ. އަދުގެ ހާލަތު ހުރިގޮތުންނާއި، ބަންގާޅީން އެގޮތަށް ރުހޭތީއާއި، ސިޔާސަތު އެގޮތަށް ތަންދީފައިއޮތުމުން މަދު ފައިސާއެއް ހަރަދުކޮއްގެން ވީހާވެސް ގިނަ ބަންގާޅީން ގެންގުޅުން އެއީ ވަޒީފާދޭ މީހުންގެ ވިސްނުމެވެ. މަސައްކަތުގެ މާހައުލު ކަނޑައެޅިފައިވާ މިންގަޑުތަކާއި ހިލާފުވެ، ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާމިންވަރަށް ވެއްޓޭއިރުވެސް ބަންގާޅީމީހާ މަސައްކަތަށް ނުކުންނަން ތައްޔާރުވެ ހުރުމަކީ ދިވެހިމީހާ އޮގެތަކަށް މަސައްކަތް ކޮއްދޭންޖެހޭ ސަބަބެއް ނޫނެވެ. ލިބެންވާ ހުރިހާ ހައްގެއް ދިވެއްސެއް ކަމުގައިވިޔަސް ބަނގާޅީއެއްކަމުގައި ވިޔަސް އަދި އެހެންގައުމެއްގެ މީހެއްގެ މީހެއްކަމުގައި ވިޔަސް ލިބެންޖެހޭ މިންވަރަށް ލިބެންވާނެއެވެ. އަދި ސިޔާސަތުން އެކަން ކަށަވަރު ކުރަންވާނެއެވެ.

ބަންގާޅީންނަށް އިސްކަންދޭ މައިގަޑު ސަބަބުތަށް އެވަނީއެވެ. ދެންއޮތީ ހަގީގަތުގައިވެސް ކަންނެތްކަމުން ބަންގާޅީން ގެންނަމީހުނެވެ. ސަލާމަތުންހުރެ، ގޭގެ ބަގީޗާއަށް ފެންދީ ކުނިކޮޅު އުކާލަން ބަންގާޅީން ގެންނަން ޖެހޭ ޖެހުމުގެ ބަލީގެ ފަރުވާއޮތީ މެންޓަލް ކްލިނިކްގަ އެވެ.

ބަންގާޅީންނަށް އިސްކަން ދެނީ ދިވެހިންނަށް ނުވާތީކީ ނޫނެވެ، ދިވެހިންނަށްވުރެ ކޯސްޓް އިފެކްޓިވް ވީމައެވެ. މި ކަމުގެ ހައްލު އޮތީ ސިޔާސަތު އިސްލާހުކޮށް އިންސާނީ ހައްގުތަކާއި އެހެނިހެން ހައްގުތަކަށް ފުށުނާރާނޭ ފަދައިން ގާނޫނުތަކާއި ގަވާއިދުތަށް ބަދަލުކޮށް އެންފޯސް ކޮއްގެންނެވެ. ބަންގާޅީން ގެންނަ ގެނައުމަކީ ގައުމަށްލިބޭ އާންމްދަނީއެއް ގޮތުގައި ސަރުކާރުން ދެކިގެން ނުވާނެވެ. ކޮންމެހެން ގެންނަން ޖެހިގެން މެނުވީ ނުގެނެވޭ ގޮތް ހަދަންވީއެވެ. މަގުމަތިން ސުވާލުކޮށް ވޯކްޕާމިޓް އޮތްތޯ ބަލަންވީއެވެ. ވަގުމީހުންނާއި، ފިލާއިގެން އުޅޭމީހުނާއި، ވަލުދޮރާށިން މީހުން އެތެރެކުރަން އެހީތެރިވާމީހުންނާއި ގާނުނު ގެނެސް ހަމަކުރަންވިއެވެ.

މި ގައުމުގެ މޫރިތިކަމާއި ރީތިކަން މިތާނގެ މަލަމައްޗަށް ގެނުވޭނީ މިކަން މިގޮތަށް ކޮށްގެންކަން ކަށަވަރެވެ.

ބަންގާޅީ މީހުންގެވާހަކަ ދެއްކިއްޖެއެވެ. ދެންއޮތީ ދިވެހި ދަރީން ދަރަނިވެރިކޮށް އިންޑިއާ ލަންކާ މީހުން ޕްރޮފެޝަނަލް ޖޮބްސްތައް ފޭރިގެންއުޅޭވާހަކައެވެ.

Leave a Comment

Your email address will not be published.

ތާޅަފަިލި ބްލޮގް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގާ ކޮރަޕްޝަނާއި، ތަފާތުކުރުންތަކާއި، އަދި އެހެނިހްން އިހުމާލުވުންތަށް އެއްވެސް ސިޔާސީ ނުފޫޒެއްނެތި ރިޕޯޓު ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި ބޮލޮގުގައި ކޮންމެ މީހަކަށްވެސް ލިޔުމެއް ޝާއިރު ކުރެވިދާނެއެވެ

  • މައުލޫމާތު
  • މަސައްކަތް
  • އިޝްތިހާރު ކުރުން
  • ގުޅުއްވުމަށް
  • މައުލޫމާތު ފޮނުވުމަށް
  • ހުރިހާ ހަބަރުތައް
  • ކޮރަޕްޝަން
  • ވައްކަން
  • ސަރުކާރު
  • ސިޔާސީ

އީމެއިލް އަށް ހަބަރު ލިބިލެއްވުމަށް މިބައި ފުރާލާ