ރާއްޖޭގެ އެންމެ ތަފާތު ރިސޯޓު ވޯލްޑޯރފް އެސްޓޯރިއާ އިތާފުށިން ދިވެހި ކޮންޓްރެކްޓަރުންނަށް ލާރިނުދީ މަސައްކަތް ކުރުވާކަން ހާމަވެއްޖެ!

Share on facebook
Share on google
Share on twitter
Share on linkedin
Share on pinterest
Share on email

ރާއްޖޭގައި މިހާތަނަށް ހެދި ރިސޯޓުތަކުގެ ތެރެއިން ފާހަގަކޮއްލެވޭ ގޮތަށް ހަދާފައިވާ “ވޯލްޑޯރފް އެސްޓޯރިއާ ރިސޯޓު” ހިންގާ ބަލަހައްޓާ ދިވެހި ކުންފުނި “އިތާފުޝި އިންވެސްޓްމަންޓް” އިން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިވެހި އެކި ކުންފުނިތަކަށް ނުދީ ހިފަހައްޓައިފައިވާކަން ތާޅަފިއްޔަށް އެގިއްޖެ އެވެ.

” އިތާފުށި ރިސޯޓު ހެދުމުގެ މަސައްކަތްތަށް ކުރީ އެކި ކުންފުނިތަކަށް ސަބްކޮންޓްރެކްޓަށް ދޫކޮއްގެން. މަސައްކަތްތަށް ކުރުމަށް އިތާފުށި އިންވެސްޓްމަންޓާއިއެކު އެއްބަސްވުންތަށް ހެދި، ޕޭމަންޓް ދައްކާނެ ޓާމްވެސް ލިޔެވިފައި އެބަހުރި. އެކަމަކުވެސް، މަސައްކަތަށް ލާރި ދޭންޖެހޭވަރަށް ޕްރޮޖެކްޓް ނިމުމުން ލާރި ބޭރުން އަންނަނީކަމަށް ބުނެ އެތައްފަހަރެގެމަތިން ވަނީ ލަސްކޮއްފައި. މިގޮތަށް އެތަށް ބަޔަކަށް ހަދައި އެއްވެސް އެއްޗެއް ނުދީ މަސައްކަތް މިނިފައިވެސް އެބަހުރި. އެންމެންވެސް މަސައްކަތް ކުރަނީ ބަންގާޅީންނާއި ދިވެހީންނާއި ލައިގެން، މިހެން ހެދީމަ ކިހިނަކުން މުސާރަދޭނީ، މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާނީ؟

” މީހަކު ކިޔާދިނެވެ.

ކޮންޓްރެކްޓް ހެދިފައި އޮއްވާ ކޯޓަށް ނުދަނީ ކީއްވެގެންތޯ ސުވާލުކޮއްލުމުން ޖަވާބުގައި ބުނީ “ކޯޓަށް ދެވިދާނެ، އެކަމަކު އެމީހުން ކަންތަށް ކުރާނީ ހައްތާ އުދަގޫވާގޮތަށް އޭރުން، ބިލިން ރުފިޔާގެ ބޮޑު ކުންފުންޏަކާ ދެކޮޅަށް ކޯޓަށް ގޮސްގެން އަވަސް މުސްތަގުބަލެއްގައި އިންސާފު ލިބޭނެކަމާއި މެދު ޝައްކު”.

ތާޅަފިލިން ބަލާލި ބެލުމުގައި އިތާފުޝި ނުވަތަ ވޯލްޑޯރފް އެސްޓޯރިއާ ރިސޯޓަކީ މިހާރު ރާއްޖޭގައި އެންމެ އަގުބޮޑުކޮށް ބުކް ކުރާ އެއް ރިސޯޓެވެ. ކޮޓަރިއަކަށް ރެއަކަށް މަދުވެގެން 30،000ރ އާއި 150,000ރ އާއި ދޭތެރޭގެ ރޭޓަކުން ރުފިޔާ ލިބޭ އެވެ. އަދި މި ސީޒަންތެރޭގައި ޑިސެމް  ބަރު 15 އިން ފެށިގެން ޖެނުވަރީ 9 އަކާއި ހަމައަށް މުޅި ރިސޯޓުވަނީ އެއްކޮށް ބުކްވެ ފުރިފައެވެ. އެއީ ޖުމުލަ 136 ކޮޓަރި 25 ދުވަހަށް އެއްކޮށް ބުކްވެފައި ހުރުމެވެ. ލާރިން ބަލާކަމުގައި ވާނަމަ މި މުއްދަތުގައި އެކަނި 102 މިލިއަން ރުފިޔާ މަދުވެގެން ރިސޯޓަށް ލިބޭނެއެވެ. މިއީ ހަމައެކަނި 30،000ރ ގެ ރޭޓުން ހަމަ އެކަނި ކޮޓަރި ކުލިން އެކަނި ލިބޭ މިންވަރެވެ.

މިހާ ބޮޑެތި އަދަދު ތަކުން ރިސޯޓަށް ލާރި ލިބޭއިރު، ތަނުގެ ދަރަނި ނުދައްކާ ތިބެންވީ ކޮންސަބަބަކާތޯ ސުވާލުކޮއްލަން މަޖިބޫރެވެ.

އިތާފުށި އިންވެސްޓްމަންޓުގެ މެނޭޖިން ޑައިރެކްޓަރަކީ ގަތަރު މީހެއްކަމަށްވާ ރަމީޒު މުހައްމަދު ރުސްލާން އަލްޚަޔަތް ކިޔާ މީހެކެވެ. މީނާއަކީ ޔޫރަޕާއި މެދު އިރުމަތީގެ ބޮޑެތި ކުންފުނިތަކުގެ ހިއްސާ އޮންންމީހެކެވެ. އިގިރޭސި ވިލާތުގައި ރަޖިސްޓްރީކޮށް ހިންގާ އާރބަންކޮން ޓްރޭޑިންގ އެންޑް ކޮންސްޓަރަކްޝަން ކުންފުނި އަކީ މީނަގެ ހިއްސާ އޮންނަ އަދި ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތަށް ދުނިޔޭގެ އެތަށްމިތާގައި ހިންގާ ކުންފުންޏެކެވެ.

ތާޅަފިލިން މި ގޮވާލަނީ، އިތާފުށި އިންވެސްޓްމަންޓުން ދިވެހި ކުންފުނިތަށް ދޭންޖެހޭ ރުފިޔާ ގަވާއިދުން ދޭން ފެއްޓުމަށެވެ. ތަނުގެ އެމްޑީ އަކީ އިންޓަނޭޝަނަލް ކޮމުއުނިޓީގައި ނަންހިގާ އިހްތިރާމް ލިބޭ މީހަކަށްވާއިރު އަދި ރިސޯޓު ހިންގާ ކުންފުންޏަކީވެސް ނަންހިގާ ހިލްޓަން ކަމަށްވާއިރު މިފަތަ މައުލޫމާތު އިންޓަނޭޝަނަލް ކޮމުނިޓީއަށް ނުލިބެނީސް ޒިންމާ އަދާކުރުމަށް ގޮވާލަމެވެ.

ތާޅަފަިލި ބްލޮގް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގާ ކޮރަޕްޝަނާއި، ތަފާތުކުރުންތަކާއި، އަދި އެހެނިހްން އިހުމާލުވުންތަށް އެއްވެސް ސިޔާސީ ނުފޫޒެއްނެތި ރިޕޯޓު ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި ބޮލޮގުގައި ކޮންމެ މީހަކަށްވެސް ލިޔުމެއް ޝާއިރު ކުރެވިދާނެއެވެ

  • މައުލޫމާތު
  • މަސައްކަތް
  • އިޝްތިހާރު ކުރުން
  • ގުޅުއްވުމަށް
  • މައުލޫމާތު ފޮނުވުމަށް
  • ހުރިހާ ހަބަރުތައް
  • ކޮރަޕްޝަން
  • ވައްކަން
  • ސަރުކާރު
  • ސިޔާސީ

އީމެއިލް އަށް ހަބަރު ލިބިލެއްވުމަށް މިބައި ފުރާލާ