ހައްދު ފަހަނަޅައިފައިވާ މީހުންނާއި ދޭތެރޭ ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅަން ލަސްވެއްޖެ!

Share on facebook
Share on google
Share on twitter
Share on linkedin
Share on pinterest
Share on email

ކިޔާލުމުގެ ކުރިން: މި ލިޔުމަކީ ދީނީ ނަޒަރަކުން ދީނީ އިލްމުގެ މައްޗަށް ލިޔެފަވާ ލިޔުމެއްނޫނެވެ. މި ލިޔުމަކީ ދުނިޔަވީ ނަޒަރަކުން ދުނިޔަވީ ކަންކަމުގެ މައްޗަށް، ދީނުގެ މައި އަސާސްތަކަށް އަލިއަޅުވާލުމަށްފަހު ލިޔެފައިވާ ލިޔުމެކެވެ. ދީނީ އިލްމުގެ ޖާހިލުކަމުން، ދީނީ ކަންކަމުގައި ވާހަކަ ދެއްކުމުން އެއްކިބާވަމެވެ. ލިޔުމުގައި ގޯހެއްވާނަމަ ކޮމެންޓުކުރެއްވުން އެދެމެވެ. – ލިޔުންތެރިޔާ

ހައްދުފަހަނަޅާދިޔުމަކީ ކޮބާ ހެއްޔެވެ؟

މިފަހަކުން ހައްދުފަނަހާފައިތިބި ބައެއްގެ ވާހަކަ ޚަބަރުފަތުރާ އެކި ވަސީލަތްތަކުން އެކި ގޮތްގޮތަށް އެބަ ދެކެވޭއެވެ. އަދި، އެކި މާނަތަކުގައި، އެކި ޖަމާއަތްތަކާއި ގުޅުވައި މީސްމީޑިއާގައި އެކިފާޑުގެ ވާހަކަވެސް މިބާވަތުގެ މީހުންނާއި ގުޅޭގޮތުން އެބަދެކެވެއެވެ. ތާޅަފިލިން މި ބަލާލަނީ ހައްދުފަހަނަޅާ ދިޔުމާއި ދިވެހިންނާއި އޮތް ގުޅުމުގެ މައްޗަށެވެ.

ހައްދުފަހަނަޅާ މީހުނަށް ބައެއްފަހަރު “ހަރުކަށި ފިކުރުގެ” މީހުނޭ ބުނެ ގޮވާހަދައެވެ. އަދި، ތަންކޮޅެއް ޒުވާންކުދީން “އެކްސްޓްރީމިސްޓް” އޭ ވޭސް ކިޔާއުޅެއެވެ. ހަގީގަތުގައި ހައްދުފަހަނަޅާ ދިޔުމަކީ، ބަހުގެ މާނައިގައިވާ ގޮތަށް ކަމެއް ކުރުމުގައި ކަނޑައެޅިފައި އޮންނަ ނުވަތަ ގަބޫލުކުރެވޭ މިންގަޑުން ބޭރުން އެކަމެއް ކުރުމެވެ. ކޮންމެ ކަމެއްގައިވެސް ހައްދުފަހަނަޅައި ދެވިދާނެއެވެ. ކެއުމުގައި ހަށިގަޑަށް ގެއްލުންވާވަރަށް ކެއުން އެއީ ކެއުމުގައި ހައްދުފަނަޅާ ދިޔުމެވެ. ހަމަ އެގޮތަށް، ދީނީ ކަންކަމުގައިވެސް ދީނުގައި އެކަމެއް ކަނޑައަޅުއްވައިފައިވާ ގޮތުގެ ބޭރުން، އެކަމެއް ދީނުގެ ކަމެއް ގޮތުގައި ގަބޫލުކޮށް އެކަމެއް ކުރުމަކީވެސް ހައްދުފަހަނަޅާ ދިޔުމެވެ. ހަމައެހެންމެ، ދީނުގައި ކަނޑައެޅިގެން އޮތްކަމަކާއި ޙިލާފަށް ދުނިޔަވީ ކަމެއް އިސްކޮށް އެކަމެއް ކުރުމަކީވެސް ހައްދުފަހަނަޅާ ދިޔުމެވެ.

ދިވެހިންނަކީ އިސްލާމް ދީނުގެ އަލިމަގުގެ މާދިގު ތާރީޚެއް އޮތް ބައެއް ނޫނެވެ. ދީނުގެ އިލްމު ހައްގުގޮތުގައި ހާސިލްކުރުމުގެ ފުރުސަތު ލިބިފައިވަނީވެސް މަދު މީހަކަށެވެ. މި ސަބަބުތަކާއިހުރެ، ދިވެހިންގެ ތެރޭގައި ހާއްސަކޮށް ދީނީ ކަންކަމުގައި އިސްނަގާ އުޅޭ ޖަމާއަތްތަށް އެއް ޖަމާއަތުން އަނެއް ޖަމާއަތާއި، ގަބޫލުކުރާ ގަބޫލުކުރުންތަކާއި، ވަކި ކަންކަމުގައި އަމަލުކުރާ ކުރުންތަށް ހާސްތަފާތެވެ. މިސާލެއްގެ ގޮތުން، ބައެއް ޖަމާއަތްތަކުން ޑިމޮކްރަސީ ހުއްދަ ކުރާއިރު، އެހެން ޖަމާއަތަކުން އެކަން މަނާކޮށް އެކަމާއި ދުރުވާން ލަފާދެއެވެ. މިމޭރުމުން، ހައްދުފަހަނާފައިވާ ހަރުކަށިވިސްނުމުގެ ޖަމާއަތްތަށްވެސް ދިވެހިންގެތެރެއިން ވެއެވެ.

ހަރުކަށިވިސްނުމުގެ ޖަމާއަތުގެ އަސާސަކީ ކޮބާ؟

ހަރުކަށި ވިސްނުމުގެ ޖަމާއަތްތަކަށް އިސްލާމީ އެހެނިހެން ޖަމާއަތްތަކުން “ޚަވާރިޖުން” މި ގޮތަށް މާނަކޮށް ގޮވާހަދައެވެ. މި ޖަމާއަތުގެ މީހުންނަކީ ބޭރުފުށުން އިސްލާމުންގެ ރިވެތި ސިފަ ދައްކުވާދީ، އެކަމަކު ހަގީގަތުގައި ކާފަރުންނަށްވުރެވެސް ނުބައިބައެކެވެ. ދިވެހީންގެ ތެރޭގައި އުފެދި އާލާވަމުން އަންނަ މި ޖަމާއަތުގެ ސަބަބުން ދިވެހި ގައުމަށް ބޮޑެތި ގެއްލުންތަކެއްވެސް އަންނަނީ ލިބެމުންނެވެ. ސަލްޓަން ޕާކުގައި ބޮންގޮއްވުމާއި، ދީނީ އިލްމުވިރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮއްލުމާއި (ބެލެވޭގޮތުގައި)، ވެރިކަން ވެއްޓުމުގައި މުޒާހަރާކުރުމާއި، ތާރީޙީ މުދަލަށް ގެއްލުންދިނުމާއި، މި މީހުންނާއި ދެކޮޅަށް ވާހަކަދައްކާ މީހުން ކާފަރުކޮށް ގަތުލުކުރުމަށް ރާވައިގެން މަސައްކަތްކުރުމާއި، އަދި ދާދިފަހުން އެޖަމާއަތުގެ ލީޑަރުކުގެ މައްޗައް އޭނަގެ އަހުލުން ހުކުމެއް އިއްވައި އޭނާ ގަތުލުކޮށް ކަޑަށް އެއްލާލުމަށް މަސައްކަތްކުރުން ފަދަކަންކަމަކީ މިޖަމާއަތުގެ ވިސްނުމެވެ. މިއީ، ދީނުގެ ނަމުގައި ހައްދުފަހަނަޅާގޮސް އިސްލާމްދީނުގެ ހަގީގީ ސޫރަ ދުނިޔޭގެ ނަޒަރުގައި ހަޑިކުރާ، ނުލަފާ ވިސްނުމެއްގެ ވެރި، އިންސާނީ ވަންތަކަމާއި ކުލުނުން މަހުރޫމްވެފައިވާ ބައެކެވެ. މިބައިމީހުންގެ ނުބައިކަމުން ދިވެހި އެންމެހާ ރައްޔިތުންނާއި އެންމެހާ މުސްލިމުންނާއި ހުރިހާ އިންސާނުން ރައްކާތެރިވާން ޖެހޭއެވެ.

ސެކިއުލާރ ވިސްނުމުގެ މީހުނަށް ހީވެފައި އޮންނަ ގޮތުން އިސްލާމްދީނުގެ ވިސްނުމަކީ މިބައިމީހުން މި އުޅޭ ނުލަފާ ހަރުކަށި ގޮތެވެ. މި ސަބަބާއިހުރެ، ހަމަޖެހިގެން އަމާންކަމާއިއެކު އިސްލާމްދީނުގެ މަތީ ހުންނަ މީހާއަށް އެތައްބައެއްގެ ފުރައްސާރައާއި ކުރިމަތިވެއެވެ. އަހަރުމެންގެ ދީން، އިސްލާމްދީނަކީ އަމާންކަމާއި ހައްގުތަށް ކަށަވަރުކުރުމަށް އެންމެ ބާރުއަޅާ ދީނެވެ. ބާވާލެއްވި ހުރިހާ ދީނެއްގައިވެސް، އެދީނުގެ ފުރިހަމަ ގޮތުގައި، ބަޔާންކޮއްފައިވާ އަސާސްތަކަކީ އިސްލާމްދީނުގައި ބަޔާންކޮއްފައިވާ ރިވެތި އަޚްލާގުގެ އުސޫލްތަކާއި، މައިންބަފައިންނަށް ކަމޭހިތުމާއި، ނިކަމެތިންނާއި ކުޑަކުދިންނާއި މުސްކުޅިންނަށް އަޅާލުމާއި، ސަދަގާތްކުރުމާއި، ބާރުދެރަ މީހުންގެ ހައްގުތަށް ކަށަވަރުކުރުމާއި، އަނބިންނާއި ދަރީން ދިފާއުކުރުމާއި، އަންހެންހުންގެ ހައްގުތަށް ކަށަވަރުކުރުމާއި، އަޅުން މިނިވަންކުރުން ފަދަ ޖާހިލްޔަ ޒަމާނުގައި ޝައިތާނާ ޒީނަތްތެރިކޮއްފައިވާ ނުބައިކަންކަމުން ދުރުވެ އަބުރުވެރި ދިރުއުޅުމެއް އުޅޭނެ އެންމެހާ ކަންކަމެވެ. އިސްލާމްދީނަކީ އޭގެ ޒާތުގައި ދިރިއުޅުމުގެ މަގުޗާޓެކެވެ.

ކަން މިގޮތުގައި އޮތް ކަމުގައިވިޔަސް، އިސްލާމްދީނުގެ ނަމުގައި މިބައިމީހުން އެމީހުންގެ ބޭނުންތައް ފުއްދުމަށް މަސައްކަތް ކުރެއެވެ. މި ހައްދުފަހަނަޅާފައިވާ ޖަމާއަތުގެ މީހުންނަކީ ހަގީގީ ޓެރަރިސްޓުންނެވެ، މި ބައިމީހުންނަކީ މި ގައުމުގެ ގާނޫނުތަށް ބަލައިނުގަނެ އަމިއްލައަށް ހިތުހުރި ގޮތަކަށް ކަންކުރާ ނުރައްކާތެރި ބައެކެވެ. އަދި، މި ޖަމާއަތުގެ މީހުނަކީ ބޮޑެތި ފާފަތަކަށް އަރައިގަނެ، މަސްތުވާތަކެތި ބޭނުންކޮށް، އަންހެންހުންގެ އިތްފަތްތެރިކަން ފޭރިގަނެ، މީތަކުންގެ މުދަލުން ފޭރި ގަދަބާރުން އުޅެން މަސަތްކަތްކުރާ ބައެކެވެ.

މި ޖަމާއަތުގެ އަހުލުވެރިންގެ ސިފަތައް!

މި ހަރުކަށި ޖަމާއަތުގެ އަހުލުވެރިންންގެ ކިބައިން އެންމެ ފަސޭހައިން ފާހަގަކުރެވޭނެ ސިފައަކީ، އެމީހުން ހެދުން އެޅުމާއި ބުރުސޫރަ ދީނުގެ އަހުލުވެރިންނާއި އެއްފަދަ ގޮތަކަށް ހުރިކަމުގައިވީ ނަމަވެސް، ވާހަކަ ދެއްކުމުގައި އެއްވެސް މިންވަރެއްގެ އިހުތިރާމް ކުރުމެއް، ޙާއްސަކޮށް އެމީހުންގެ ފިކުރާއި ޙިލާފު މީހުންގެ ވާހަކަ ދައްކާއިރު ދީނުގެ މަގުގައި ހުރި މީހެއްގެ ކިބައިން އުންމީދު ކުރާވަރަށްވުރެން ހަޑި ހުތުރުބަހުން ވާހަކަދައްކާ، ބަސްމަގު ހަޑިކަމެވެ. ރީތިބަހުން ވާހަކަ ދެއްކުމާއި، އިޚްތިރާމްކުރުމަކީ އިސްލާމް ދީނުގައި ބާރުއަޅުއްވާ ކަމަކަށްވާއިރު، މި ޖަމާއަތުމީހުންގެ ކިބައިން މި ރީތި ސިފަ ފެނިގެން ނުދެއެވެ.

ދެވަނަ ކަމަކަށް، މިބާވަތުގެ މީހުން ޕޮލިސް، އެމްއެންޑީއެފް އަދި ކޯޓުތަކާއި ފަޑިޔާރުން ދެކެ އާދަޔާއި ޙިލާފު ހިންހަމަނުޖެހުމެއް ހުރެއެވެ. ސަރުކާރު ގަބޫލުނުކުރުމާއި، ވެރިންނަކީ އިސްލާމުން ނޫންކަމުގައި ދެކި ގަބޫލުކުރެއެވެ.

ތިންވަނަ ކަމަކަށް، ދީނުގެ އަސާސްތަކަށް މިބައިމީހުން ރޯނުފިލާނެއެވެ. ތައުހީދުގެ އިލްމާއި، އަގީދާ ވަރުގަދަކުރުމުގެ ބަދަލުގައި ދީނުގެ ކަންކަމުގައި ބަޔާންކޮއްފައިހުންނަ ހުކުމްތަށް، އެ ކަމުގެ ހަމަތަކަށް ބެލުމެއްނެތި ތަންފީޒުކުރަން އުޅެއެވެ. މި ޖަމާއަތުގެ މީހުން ދީނީ އިލްމު ހޯދައި ބަލައި ވިސްނާ ފިކުރު ކުރުމުގެ ބަދަލުގައި ޖަޒުބާތުގައި ޖެހި، އެބައިމީހުން ލީޑަރަށް ކިޔަމަންގަނެއެވެ.

ހަތަރުވަނަ ކަމަކަށް، މި ޖަމާއަތުގެ މީހުން އިލްމުވެރިން ބަލައިނުގަނެ، އިލްމުވެރިންނަކީ “ކާފަރުން” ގޮތުގައި ލޭބަލް ކުރެއެވެ. އަދި، އިލްމުވެރިންނާއި ވާހަކަދެއްކުން މަނާކޮށް އިލްމީ ބަހުސްކުރުމުން އެއްކިބާވެ ދެކޮޅުވާ އެންމެންނަކީ މުސްލިމުންނޫންކަމަށް ކަނޑައަޅައެވެ.

ފަސްވަނަ ކަމަކަށް، މި ބައިމީހުން ހައްދުފަނަޅާތިބި ހަގުރާމަވެރި ޖަމާއަތްތަކަށް ފާޅުގައި ތާއީދުކޮށް ދިވެހިން އެކަމުގައި ބައިވެރިކުރުމަށް ލަފާދީ މަގުތަނަވަސްކުރަން މަސައްކަތްކުރެއެވެ.

ހައްލު

ޓެރަރިޒަމްއާއި ދެކޮޅަށް ކުރާހަގުރާމައިގައި، ހަގީގީ ޓެރަރިސްޓުން ފާގަވާން ލާޒިމެވެ. ދީން ގަބޫލުނޮކޮށް ދުނިޔަވީ ކަންކަމުގައި ހައްދުފަހަނަޅައިފާ މީހުންނާއި އެއްފަދައިން ދީނުގެ ނަމުގައި ހައްދުފަހަނަޅާ މީހުންނާއި ދޭތެރޭވެސް ކަންކުރަންވީ އުސޫލެއް ގާއިމްކުރެވި އެއަށް އަމަލުކުރަންވީއެވެ. ވޭތުވެދިޔަ 5 އަހަރަކީ މި ދެބާވަތުގެ މީހުންނަށް ލިބިގެން ދިޔަ އީދެކެވެ، ސަރުކާރުން އަޅާނުލާ ސިޔާސީ ބޭނުންތަކަށް މި ޖަމާއަތްތަށް ދޫކޮއްލުމުގެ ސަބަބުން މިއަދު ދިވެހިންތެރޭގައި އުފެދިފައިމިވާ ބިރުވެރިކަން މާބޮޑެވެ. މި ނުލަފާ ބައިގަޑުގެ ނުލަފާކަން މަދުމަދުން ފެންނަން ފައްޓަނީއެވެ. އިސާހިތަކު، ކަޑި ބަޑި ހިފައިގެން ދާހިލީ ކުރިމަތިލުމަކަށް ނުކުންނަންވެސް މި ބައިގަޑުގެ މީހުން ފަސްނުޖެހޭނެކަން އެއީ ތާރީހުން ދައްކުވަދޭ ހަގީގަތެކެވެ.

ކަންމިހެން އޮތުމާއެކު، ރާއްޖެހިން މި ހަރުކަށި ފިކުރު، މިހާރު މި އޮތް މިންގަޑުގައި ނައްތާލަން ސަރުކާރުން މަސައްތަކަތްތަކެއް ކުރަން ޖެހޭކަން ފާގަކުރަމެވެ. އެމް އެން ޑީ އެފް އަކީ ޒަމާނުއްސުރެން ރާއްޖޭގައި ހަރަކާތްތެރިވާ ނުރައްކާތެރި މީހުންނަށް ފާރަލައި، ވަކީން، މި ނުބައި ޖަމާއަތުގެ މައުލޫމާތު އަޕްޑޭޓްކޮށް ބަލަހައްޓާ ބައެކެވެ. ދީނުގެ ނަމުގއި ދީން ހަޑިކުރާ މި ބައިގަޑު އިންސާފުގެ ކުރިމައްޗަށް ގެނެސް، މި ބައިގަޑުގެ ސިއްރުތަށް އެންމެހާ ދިވެހީންގެ ކުރިމައްޗަށް ގެނެސް މިބައިގަޑު ހަމަ މަގަށް އެޅުވުމަށް މަސައްކަތް ފެއްޓެވުމަށް ގޮވާލަމެވެ.

މި ބައިމީހުން ސުންޕާކަމުން، ދީނުގެ ހަގީގީ މަގުގައި ތިބި ދިވެހީންނަށް ގެއްލުމެއް ލިބުމުގެ ކުރިން، މި ޖަމާއަތް “ނިއުޓްރަލައިޒް” ކުރަން އުޅެންވީއެވެ. ކަންކުރުމުގައި، ދީނީ އިލްމުވެރިންނާއި މަޝްވަރާކޮށް، ކަމުގެ ތަޖުރިބާހުރި އެމް އެން ޑީ އެފް ގެ މާހިރުންނާއި ވާހަކަ ދައްކައި، ރައީސުލް ޖުމްހޫރިއްޔާގެ ޓެރަރިޒަމް ކޮންސަލްޓަންޓަށް މި ޖަމާއަތައި އެހެން ދީނީ ޖަމާއަތްތަކާއި ހުރި ތަފާތު ކިޔާދީ އޮޅުމެއްވާނަމަ އެކަން ސާފުކޮއްދޭން މަސައްކަތްކުރާންވީ އެވެ.

ކުރުގޮތަކަށްބުނަނީނަމަ، މި ގައުމުގެ މޫރިތިކަން މިވަނީ ނުރައްކަލެއްގެ ތެރޭގައެވެ. “ޕެރަޑައިސް އެންޑޭންޖާރޑް” އެވެ.

ތާޅަފަިލި ބްލޮގް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގާ ކޮރަޕްޝަނާއި، ތަފާތުކުރުންތަކާއި، އަދި އެހެނިހްން އިހުމާލުވުންތަށް އެއްވެސް ސިޔާސީ ނުފޫޒެއްނެތި ރިޕޯޓު ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި ބޮލޮގުގައި ކޮންމެ މީހަކަށްވެސް ލިޔުމެއް ޝާއިރު ކުރެވިދާނެއެވެ

  • މައުލޫމާތު
  • މަސައްކަތް
  • އިޝްތިހާރު ކުރުން
  • ގުޅުއްވުމަށް
  • މައުލޫމާތު ފޮނުވުމަށް
  • ހުރިހާ ހަބަރުތައް
  • ކޮރަޕްޝަން
  • ވައްކަން
  • ސަރުކާރު
  • ސިޔާސީ

އީމެއިލް އަށް ހަބަރު ލިބިލެއްވުމަށް މިބައި ފުރާލާ