އޮޑެގައްލާ އެއްބަސްވުން ޖެހުނީ ކޮންތާކުބާ؟

Share on facebook
Share on google
Share on twitter
Share on linkedin
Share on pinterest
Share on email

ގއ. އޮޑެގައްލާގައި ރިސޯޓު ހެދުމަށް ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ) އާ އެކު ހަދާފައިވާ ލީސް އެއްބަސްވުން އުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މި އަހަރު ޖޫން މަހު ވިދާޅުވެފައިއެވެ.

އޮޑެގައްލާގައި ރިސޯޓު ނެހެދުމަށް އީޕީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޖޫން މަހުގައި އޮޑެގައްލާ އެއްބަސްވުން އުވާލަން ސަރުކާރުން އެޗްއާރުސީ އާއެކު ކުރި މަޝްވަރާތަކުގެ ތެރޭގައި މުހައްމަދު އަލީ ޖަނާހް އަށް ބޮޑު އަދަދަކުން ބަދަލު ދޭކަހަލަ ވާހަކަތަކެއް ފެންމަތިވެ ސޯޝަލް މީޑިއާގައި ދެކެވުނެވެ. ނަމަވެސް، މިވާހަކަތަކަށް ފަހުންވީނުވީއެއް ނޭންގެއެވެ.

23 ޖޫން 2019 ގައި ޓޫރިޒަމް މިނިސްޓަރ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވިއެވެ ” ޖަނާމެން ހުރީ ރިސޯޓު ހެދުމަށް ވަރަށް ބޮޑަށް ތައްޔާރު ވެފައި. ނަމަވެސް އަޅުގަނޑުމެން ވާނީ މިއަދު ލިޔުމުން އަންގާފައި އެ ރަށުގައި އިތުރު އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށް. ދެން އޮތީ މި އެއްބަސްވުން ބާތިލް ކުރުން،” އަލީވަހީދު ވިދާޅުވި އެވެ.

ޔާމީން ސަރުކާރުގައި މިރަށުގެ އިކުއިޒިޝަން ކޯސްޓެއް ގޮތުގައި 96000 ޑޮލަރު (1.4 މިލިއަން ރުފިޔާ) ސަރުކާރަށް ދައްކާފައިވެއެވެ.

މި ސަރުކާރު އައި ފަހުން ވަނީ އެކި ގޮތް ގޮތުން ބަދަލު ދޭންޖެހޭ ވިޔަފާރިތަކަށް ބޮޑެތި އަދަދު ތަކުން ފައިސާދީފައެވެ. އަދި، މި ޕްރެސް ކޮންފަރެންސްއަށް 5 މަސް ވެގެންދާއިރު ޖަނާ އަށް ބަދަލު ދިންކަމެއްވެސް، ދޭން އުޅޭކަމެއްވެސް ނުވަތަ މާލިއްޔަތު ކޮމިޓީއިން ބަލާކަމެއްވެސް އެނގިފައިނުވޭއެވެ.

ބައެއް މަޖިލިސް މެންބަރުން ބުނާގޮތުން މިހާރު އެންމެ ކުރާ ވައްކަމަކީ ދައުލަތުން ބަދަލުހޯދުމުގެ ވައްކަމެވެ. ވީމާ، ތާޅަފިލިން މި ބަލާލަނީ މުހައްމަދު އަލީ ޖަނާހް، ހުރިހާ ސަރުކާރެއްގެވެސް ފޭވަރިޓް ބިޒްނަސް ޕާރސަންއަށް ދައުލަތުން ދަރާއޮތް މިންވަރެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި މި މައުލޫމާތު ކިޔުންތެރިންނަށް ގެނެސްދޭން ގަސްތުކުރަމެވެ.

 

Leave a Comment

Your email address will not be published.

ތާޅަފަިލި ބްލޮގް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގާ ކޮރަޕްޝަނާއި، ތަފާތުކުރުންތަކާއި، އަދި އެހެނިހްން އިހުމާލުވުންތަށް އެއްވެސް ސިޔާސީ ނުފޫޒެއްނެތި ރިޕޯޓު ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި ބޮލޮގުގައި ކޮންމެ މީހަކަށްވެސް ލިޔުމެއް ޝާއިރު ކުރެވިދާނެއެވެ

  • މައުލޫމާތު
  • މަސައްކަތް
  • އިޝްތިހާރު ކުރުން
  • ގުޅުއްވުމަށް
  • މައުލޫމާތު ފޮނުވުމަށް
  • ހުރިހާ ހަބަރުތައް
  • ކޮރަޕްޝަން
  • ވައްކަން
  • ސަރުކާރު
  • ސިޔާސީ

އީމެއިލް އަށް ހަބަރު ލިބިލެއްވުމަށް މިބައި ފުރާލާ