ދިވެހީންނާއި ސެކުލަރިޒަމް

Share on facebook
Share on google
Share on twitter
Share on linkedin
Share on pinterest
Share on email

ދިވެހިންނަކީ ޒަމާނުއްސުރެން އިސްލާމްދީނަށް އުޅުނު ބައެކޭ ބުނާވާހަކަ އަކީ ދޮގެކެވެ.! ދީނެއްގޮތުގައި އިސްލާމްދީން ކަނޑައަޅުއްވާފަ އޮތުން އެއީ ހަގީގަތަކަށް ވެދާނެއެވެ. ނަމަވެސް، ތާރީހީ ފޮޓޯތަކާއި، ވާހަކަތަކާއި ކުޑައިރުގެ ހަދާންތަކަށް ނަޒަރު ހިންގާލާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެން ގޮސްފައިވަނީ އިސްލާމްދީނުގެ އަލިމަގު ނޫން ކޮންމެވެސް އެހެން ވައްތަރަކަށް މީހުން އުޅެފަ ހުރި ތަންތަނެވެ.

މަހާނައަށް ނަދުރުބުނުމާއި، ސިހުރުވެރިންކައިރިން ފަރުވާ އަދި ކަންކަމު އެދުމާއި، މަސްބާނަން ފަންޑިތަ (ސިހުރު) ހެދުމާއި، ހެދުންލައިގެން އޮރިޔާމުން އުޅުމާއި، ރަންނަމާރިއަށް އަންހެންކުދިން ގުރުބާންކުރުމާއި، މި ކަންކަމަކީ ތާރީހު ހެކިދޭ ކަންކަމެވެ. އަދި، އިސްލާމްދީނާއި ކަޑައެޅިގެން ހިލާފު ކަންކަމެވެ. ވަކި އުމުރެއްވަންދެން އަންހެންކުދިން ހެދުން ނުލެއްވުމާއި މި ފަދަ ކަންކަމަކީ ރަންގަޅު އަގީދާއެއްގެ ވެރި އިސްލާމީ މުޖުތަމައުއަކުން ފެނިގެން ނުވާނެ ކަންކަމެވެ.

އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި އަގީދާ ދިވެހިންގެ ކިބައިގައި ހަރުލާންފެށީ، ދިވެހިންގެ ތެރެއިން ބަޔަކު އަރަބި ބަސްކިޔަވައި ވިދާޅުވެގެން ހައްގު ގޮތް ކިޔާދޭންފެށި ހިސާބުންނެވެ. އޭގެ ފަހުން މާގިނަދުވަހެއް ނުވެ، ބާރު ސްޕީޑުގައި އިސްލާމް ދީނުގެ ރީތިކަން ދިވެހިންގެ ތެރެއިން ފެންނަން ފެށިއެވެ. މިކަންކަން ވެގެން ދިޔައީ މިހާރު ދުނިޔެއަށް ޖެހިފަ މިވާ ސެކުލާރިޒަމް ބަލި (އެއްވެސް އަގީދާއެއް ގަބޫލުނުކުރާ ބަލި) ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުވަމުން، ނުބައި ވަސްވާސް ފޯރުވަމުން އައި ދުވަސްވަރަކާއި އެވެ. ރާއްޖޭގައި އޭރު ތިއްބެވި އިލްމުވެރިންނަށް ކުރިމަތިވީ ގަރުނުގެ ބޮޑުހަގުރާމައާއެވެ.

ރާއްޖޭގައި އޭރު ވެރިކަން ކުރަމުންއައި ވެރިމީހާ ކަންކުރަމުން އައި ގޮތުން ދިވެހިން ތިބީ ވެރިމީހާ ބޭރުކުރާނޭ ފުރުސަތެއް ނެތިފައެވެ، މި ފުރުސަތު ލިބުނީ މި ބުނާ ސެކުލާރިޒަމްގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ޑިމޮކްރަސީ ރާއްޖެއަށް އައުމުންނެވެ. ދިވެހިން ނުކުމެ ވޯޓުން ތަޅާ ވެރިމީހާ ބޭރުކޮށް ސެކުލަރިޒަމްގެ ރާއްޖޭގެ ޕޭޝަންޓް ޒީރޯ ވެރިކަމަށް އެރުވިއެވެ. އަދިވެސް ދިވެހި އާންމު މީހާއަށް ބޮޑުމަންޒަރު ފެނުނީކީނޫނެވެ.

މިކަންކަން ވަމުން ދިޔައިރު، ދިވެހި އިލްމުވެރިންގެ ތެރެއިން ބަޔަކު ދީނާއި ދުނިޔެއާއި އެއީ ދެ އެއްޗަކަށް ހަދައި، އިސްލާމްދީނުގެ އަސާސަތަކެއް ދޫކޮއްލައި ޑިމޮކްރަސީގެ އަތުގައި ހިފައި، އެއްކަލަ ދީންދަސްކުރަމުން އައި ދިވެހީ ވީ ގޮތެއްވާން ދޫކޮއްލިއެވެ. މަދު އިލްމުވެރިޔަކު ތެދުވެ ހައްގުގޮތް ދައްކުވަދޭން މަސައްކަތް ކުރިއެވެ.

އިލްމުވެރިންނަށް ވެސް ސެކުލަރިޒަމް ބަލީގެ ނުބައި ހަތިޔާރު، ޑިމޮކްރަސީން ދައްކުވަމުންދާ ޑްރާމާގައި ޖެހި، ދީނީ އެއްވެސް ކަމެއް ކުރާނެ ވަގުތެއް ނުވިއެވެ. އެއްތަނުން ބޯދަމާއިގަނެ އަނެއްތަނަށް ބޯކޮއްޕައި ދީނޭކިޔައިގެން ވާހަކަ ދައްކާލާވަރު ވަނީ އިންތިހާބީ ޕޯޑިއަމްގައި މުސްކުޅީންނަށް އެޑްރެސްކުރާދުވަހު އެކަންޏެވެ.

މި ކޯޅުންގަޑުގައި އެތަށް އަހަރެއްވަންދެން އިސްލާމްދީނުގެ އަސާސްތަކާއި ރިވެތި އުސޫލުތަކާއި ހައްގުތަކާއި އުޅެންވީގޮތް އިސްކޫލުތަކުން ކިޔަވާދިނުން ހުއްޓާލައި، އަހުލާގައި ތަރުބިއްޔަތުން މަހުރޫމްވެ އެތަށް ޖީލެއް މިހާރުމިވަނީ ބޮޑެތިވެ، ސެކުލަރިޒަމްގެ ބަލީގެ ޝިކާރައަކަށް ވެފައެވެ. ދިވެހިންގެ ތެރެއިން ސެކުއިލާރ ގައުމުތަކަށް ކިޔަވަންދިޔަ ކުދީންނަށް ޓާރގެޓްކޮށް މި ބަލި ވަނީ އަށަގަންނުވާފައެވެ.

ޒުވާންކުދީން އޮރިޔާން ނުވާހާހިނދަކު ހިންހަމަޖެހުމެއް ނުލިބެއެވެ. ދީނުގެ ކަޑަކަމާއި ނޭންގޭ އެތަށް މޮޔަވާހަކައެއް ފާޅުގައި ޓްވިޓާރގައި ޖަހާނުލެވެންޏާ ފައްކާ މީހަކަށް ނުވޭއެވެ. އެއްޖިންސުން ގުޅުންހިންގުމަކީ އިންސާނީ ހައްގެއްކަމަށް މިކުދީން ގަބޫލުކުރެއެވެ. ދީނަކީ ދުނިޔެވީ ދިރިއުޅުމުގެ އިތުރުން އޮންނަ އެއްޗެކަމަށް ދެކެއެވެ. އޮރިޔާންވުން އެއީ ލިބެންޖެހޭ ހައްގެއްހެންވެސް ހީކުރެއެވެ. މިހާރު، ޖިންސު އޮޅުވާލާ އަންހެނުން ފިރިހެނުންހެން އުޅެ ފިރިހެނުން އަންހެނުންހެން އުޅުންވެސް އެއީ ހައްގެއް ކަމުގައި ދެކެއެވެ. ކަލާންގެ އަކީ ކޮބާކަމެއް ނޭންގެއެވެ. އަގީދާއެއް، ސަގާފަތެއް ނެތް ޖީލުތަކެއް މިތާމިވާނީ ސެކިލަރިޒަމް ބަލީގެ ސަބަބުން ގިނަވެފައިއެވެ.

އިންސާނުންނަށް އުޅެންވީގޮތް ދެއްކެވީ މާތްﷲ ކަން ގަބޫލުކުރާ ކުދިން މަދެވެ. ދީނުގެ ކަންކަން މިވަނީ ޖޯކަކަށް ވެފައެވެ. ސެކުއިލަރިޒަމް ބަލި ދިވެހިންގެ މައްޗަށް ވެރިވެގެންފިއެވެ. ދިވެހި އާންމު މީހާ އަދިވެސް މިހުރީ ޑިމޮކްރަސީ ޑްރާމާގައި ޖެހި އާވާރާވެފައެވެ. ދެންވެސް ކުށްވެރިވާނީ މިވާހަކަ ދައްކާމީހާއެވެ.

Leave a Comment

Your email address will not be published.

ތާޅަފަިލި ބްލޮގް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގާ ކޮރަޕްޝަނާއި، ތަފާތުކުރުންތަކާއި، އަދި އެހެނިހްން އިހުމާލުވުންތަށް އެއްވެސް ސިޔާސީ ނުފޫޒެއްނެތި ރިޕޯޓު ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި ބޮލޮގުގައި ކޮންމެ މީހަކަށްވެސް ލިޔުމެއް ޝާއިރު ކުރެވިދާނެއެވެ

  • މައުލޫމާތު
  • މަސައްކަތް
  • އިޝްތިހާރު ކުރުން
  • ގުޅުއްވުމަށް
  • މައުލޫމާތު ފޮނުވުމަށް
  • ހުރިހާ ހަބަރުތައް
  • ކޮރަޕްޝަން
  • ވައްކަން
  • ސަރުކާރު
  • ސިޔާސީ

އީމެއިލް އަށް ހަބަރު ލިބިލެއްވުމަށް މިބައި ފުރާލާ