ވެރިކަމަށް އަހަރު ފުރެނީ ، ރައްޔިތުން މާޔޫސްވެފައި، މެންބަރުން ހަނު

Share on facebook
Share on google
Share on twitter
Share on linkedin
Share on pinterest
Share on email

އަހަރު ފުރެން މާގިނަދުވަހެއް ނެތެވެ. ވައުދު ފުއްދަންވެސް، ހައްގުވާމިންވަރު ހޯދައިދޭންވެސް، އަގުބޮޑެތި ކަންކަން އަގު ދަށްކުރަންވެސް، ވަގައްނަގާފައިވާ މުދާހޯދައި ފާގަތިކަން އިތުރުކުރަންވެސް ލައްކަ ވަގުތު ދެވިއްޖެއެވެ. ރައްޔިތުންކައިރިން އެދުނު ހުރިހާކަމެއް އެދުނު މިންވަރަށްވުރެ މާ ފުރިހަމައަށް ނިންމައި ޒިންމާ ހަވާލުކޮއްފައި އޮންނަތާ މިހާރު ލައްކަ ދުވަސްވެ ރައްޔިތުންގެ އެދުންތަކާއި، އުންމީދުތަކާއި، ކެތްތެރިކަން ފަހަނަޅާދާން މިވަނީ ކައިރިވެފައިއެވެ.

އަނިޔާވެރިކަމާއި ދެކޮޅަށްނުކުމެ، ވަޒީފާއާއި ޖާނާއި މާލު ގުރުބާންވި ގިނަ ރައްތިރުން މާޔޫސްވެފައިވާތަން ފެންނާތީ ހައިރާންވެއެވެ. ދެރަވެސް ވެއެވެ.

“އެދުނީ ވެރިކަން ބަދަލުކޮއްދޭން. އެކަން ކޮއްދީފިން. އޭރުބުނީ މަޖިލީހުގެ އެއްބާރުލުން ނުދޭތީ އެއްކަމެއްވެސް ނުވަނީއޭ. މަޖިލިސްވެސް ދީފިން އަދިވެސް ވަކި ތަފާތެއް ނުވޭ”

– އެމްޑީޕީ ސަރުކާރު އަދި މަޖިލިސް ގެންނަން މަގުމަތީ ހަރަކާތްތެރިވި މީހަކު ކިޔާދިން ވާހަކައެއްގެ ތަންކޮޅެއް

ސަރުކާރު ބަދަލުވުމާއެކު ދިވެހިން އެންމެ ބޭނުންވީ ކުރީ ސަރުކާރުގެ ވައްކަމާއި ރައްޔިތުންގެ ފައިސާއަށް ޣައްދާރުވި މީހުން ހިފައި ހައްޔަރުކޮށް އެފައިސާ ހުރިތާކުން ގެނެސް ހަޒާނާއަށް ލުމެވެ. އެމް އެމް ޕީ އާރު ސީ ފައިސާ ވަންތަންތަނުން ނެރެގެން ގެނައުމެވެ. ނަމަވެސް، އޭގެން ކުރީގެ ރައީސް ޔާމީނު އެކައުންޓަށް ޖަމާކުރި 1 މިލިއަން މެނުވީ އެހެން ފައިސާއެއް ހޯދަން އުޅޭހެން ހިޔެއް ނުވެއެވެ.

ގެއްލުނު މުދަލާއި، ވަގައްނެގި ފައިސާއާއި އެހެނިހެން ހިޔާނާތްތަށް ހޯދަން ހެދި ނެޝަނަލް އަސެޓް ރިކަވަރީ ކޮމިޝަންވެސް ވީތަނެއް އެގެނީކީނޫނެވެ. ގުޅައިގެން ފޯނުވެސް ނަގަނީކީ ނޫނެވެ. ކުރާ މަސައްކަތެއްވެސް އެގެނީކީނޫނެވެ. ވެރިކަމަށް އަހަރުފުރެން އުޅޭއިރު މިއީ ދިވެހިން އިންތިހާއަށް ކަންބޮޑުވާ ސަބަބުތަކެވެ.

ހިޔާނާތުގެ ބައިވެރިންނަށް ސަރުކާރާއި ދައުލުތަކުގެ ނަންހިގާ ވަޒީފާތަށް ދިނުމާއި، ޝައްކުވާ ޒާތުގެ މީހުންނަށްވެސް ސަރުކާރާއި ދައުލަތުގެ އެކި ވަޒީފާތަށްދީ ބާރުވެރިކުރުން އެއީ ދިވެހީން ރުހޭނެކަމެއް ނޫނެވެ. ސަރުކާރު ކުންފުނިތަކުގައި ޕެނަޑޯލް ބަންދުކުރަން ތިބި މީހުން އަދިވެސް ބާރުވެރިކަމާއެކު ނުފޫޒުފޯރުވަން ތިބުމާއި، ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅައް ކުރާ މަސައްކަތުގެ އަމަލީ މަސަތްކަތް ފެންނަން ނެތުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ވަޒީފާ އެއް އަދިވެސް ލިބެނީ ސަލާންޖަހައިގެންނެވެ. ބަދަލުވީކީނޫނެވެ. ވަކި ބަޔަކަށްނޫނީ ރަނގަޅުވަޒީފާއެއް ނުލިބޭއެވެ. މިއީ މެންބަރުންވެސް ދައްކާވާހަކަ އެވެ.

މަޖިލީހަށް ވެއްދިވަހުން މެންބަރުމިހާ ފެންނަނީކީ ނޫނެވެ. މަހަކު އެއްފަހަރުވެސް މަޖިލީހުގެ ތަޅުމުގައި ބަހެއްކިޔާލަން ނުކެރޭއިރު މަޖިލީހުގެ މަސައްކަތުގެ ބުރަކަމުން ރައްޔިތުންގެ އުދާސްތަކށް އަޑުއަހާނެހާ ވަގުތުނުލިބެއެވެ. މިއީ ގިނަ މެންބަރުންގެ ހާލަތެވެ.

އެޖެންޑާ 19 ކިޔާ މޮޅު ފަލްސަފާއެއް ދެކި އަރަހުމެންތިބީ މޮޔަވެ، ޖަޒީރާރާއްޖެ މަތިންވެސް ހަދާންނެތިފައެވެ. އެކަމަކުވެސް އޭގެން ބާރުވެރިވީ ބަޔަކު، ލިބުނު އިގްތިސާދީ މަންފާއެއް އެކައްޗެއްވެސް ފެންނަންއޮތީ ހަމައެކަނި މިލިއަނުން ބަދަލުހޯދާ އިބުރާއާއި، މިކަހަލަ ދެތިން މީހަކަށެވެ.

މިނިވަންކަމުގެ ފޮނިބޮވިގެން އެކަމުގެ އުފާވެސް ލިބުނީ ފައްޔާޒު އާއިލާއަށް އެކަންޏެވެ. ދީނީ މިނިވަންކަން މީއީ އޭގެ އެއްބާވަތެވެ. އަހަރުފުރެން އުޅޭއިރު މިކަހަލަ މިކަހަލަ ކަންކަން ފެނުމުން އަނިޔާވެރި ވެރިކަމުގެ ރަނގަޅު ކަންކަންވެސް ފާހަގަވާން ފެށުން އެއީ ދުރުކަމެއް ނޫނެވެ. ވައްކަން ކުރިޔަސް، އަނިޔާކުރިޔަސް، ނުބަޔަސް، ނުލަފާޔަސް ޔާމީނު ފުރުސަތު ދިނެވެ. ކަންކަން ކުރިއެވެ. ޕްލޭނެއް ނެތަސް އިގުތިސާދު ކުރިއެވެ. އޮޅުވާލައިގެންވެސް ޒުވާނުން ބާރުވެރި ކުރިއެވެ. ބިރުދެއްކިޔަސް ކަންކަންކުރިއެވެ.

ދިވެހިން މިކުރާ އާދޭހަކީ ކޮންމެހެން ވެރިކަން ބަދަލުކުރަން ނުކުތް ކޮންމެ މީހަކަށް ސަރުކާރުގެ ވަޒީފާދީ ލާރި ދިނުމެއްނޫނެވެ. މި ކުރާއާދޭހަކީ ހައްގުވާ މިންވަރު ހޯދައިދިނުމެވެ. އަނިޔާކުރި މީހުންނަށް އަދަބުދީ ރައްޔިތުންގެ މުދަލުން ވައްކަން ކުރި މީހުން ހިފާ ހައްޔަރުކޮށް އަދަބު ދިނުމެވެ. އަނިޔާވެރި ސަރުކާރުގެ ބައިވެރިން މި ސަރުކާރާއި، ދައުލަތާއި، ދައުލަތުގެ ކުންފުނިތަކުގެ އިސްމަގާމުތަކުން ބޭރުކުރުމެވެ. ކޮރަޕްޝަނާއި ދެކޮޅަށް އަމަލީ މަސަތްކަތް ކުރުމެވެ. ދީން ހިމާޔަތްކުރުމެވެ. މަރުގެ މައްސަލަތަށް ބެލުމެވެ. ހައްގު ހޯދައިދިނުން ނޫންކަމެއް ނޫނެވެ.

Leave a Comment

Your email address will not be published.

ތާޅަފަިލި ބްލޮގް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގާ ކޮރަޕްޝަނާއި، ތަފާތުކުރުންތަކާއި، އަދި އެހެނިހްން އިހުމާލުވުންތަށް އެއްވެސް ސިޔާސީ ނުފޫޒެއްނެތި ރިޕޯޓު ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި ބޮލޮގުގައި ކޮންމެ މީހަކަށްވެސް ލިޔުމެއް ޝާއިރު ކުރެވިދާނެއެވެ

  • މައުލޫމާތު
  • މަސައްކަތް
  • އިޝްތިހާރު ކުރުން
  • ގުޅުއްވުމަށް
  • މައުލޫމާތު ފޮނުވުމަށް
  • ހުރިހާ ހަބަރުތައް
  • ކޮރަޕްޝަން
  • ވައްކަން
  • ސަރުކާރު
  • ސިޔާސީ

އީމެއިލް އަށް ހަބަރު ލިބިލެއްވުމަށް މިބައި ފުރާލާ