ކޫއްޑޫގެ ވިޔަފާރިވަނީ އެންސިސް އިން ހިސޯރުކޮއްފައި

Share on facebook
Share on google
Share on twitter
Share on linkedin
Share on pinterest
Share on email

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އަކީ ދިވެހިދައުލަތަށް ޑޮލަރު ގެންނަ މައި އެއްކުންފުނިއެވެ. ކޫއްޑޫގެ މައި ވިޔަފާރި އަކީ ގަޑުކޮއްފައި ހުންނަ ކަޅުބިލަމަހުގެ ވައްތަރުތަށް ރާއްޖޭގެ ބޭރު މާރުކޭޓުތަކަށް ވިއްކުމެވެ. އަދި މި ކުންފުންޏަކީ އައްޑޫ، ފުވައްމުލަކު، ލާމު އަދި ހުވަދު އަތޮޅުގެ ރައްތަކުގެ މަސްވެރިނަށް އާމްދަނީ ލިބޭ ބޮޑޫ ވަސީލަތެކެވެ. މި ސަބަބުތަކާއި ހުރެ، ކޫއްޑޫގެ ވިޔަފާރީގެ ކާމިޔާބީ އަދި ނާކާމިޔާބީވެސް ވަނީ ސީދާ ދިވެހި ރައްޔިތުންނާއި، ދިވެހި ދައުލަތާއި ގުޅިލާމެހިފައެވެ.

މިގޮތުން، 2018 ވަނަ އަހަރު 1.188 ބިލިއަން ރުފިޔާގެ (4653 ޓަނުގެ) އަގުހުރި  ގަނޑުކުރިމަސް ރާއްޖެއިން ބޭރުކުރި އިރު އޭގެއިން ބޮޑުބައެއް ބޭރުކޮއްފައިވަނީ ކޫއްޑޫ (މިފްކޯ) އަދި އެންސިސް އިންނެވެ.

ކޫއްޑޫ (މިފްކޯ) މިހާ ކާމިޔާބު ވިޔަފާރި މާރުކޭޓެއްގައި ވިޔަފާރިކުރަމުންދާއިރު ފާއިތުވެދިޔަ އަހަރުތަކުގައި މިފްކޯ ގެއްލުމުގައި (ދައުލަތުގެ ޚަރަދުގައި) ހިންގަނީ ކީއްވެތޯ ސުވާލުކޮއްލަން ޖެހޭއެވެ.

ތާޅަފިލިން މި ބަލާލަނީ ކޫއްޑޫ އަށެވެ!.

ކުންފުޏްނެއްގެ ޚާއްސަކޮށް ކޫއްޑޫހާ ބޮޑު، ދައުލަތުގެ ސަޕޯޓު ލިބިގެން، ފުރުސަތު އޮތް މާކެޓެއްގައި ވިޔަފާރިކުރާ ކުންފުންޏެއް ގެއްލުމުގައި ހިންގަން ޖެހޭނީ ޔަގީނުންވެސް އެ ކުންފުނީގެ މެނޭޖްމަންޓުގް ދޯހަޅިކަމުންކަން ކަށަވަރެވެ. މެނޭޖްމަންޓުގެ މަސްލަހަތު އެހެންދިމާލަކަށް އޮތީކަމަށްވެސް ވެދާނެއެވެ. ނުވަތަ މެނޭޖްމަންޓުގައި މިފްކޯގެ ފައިދާ ހަޖަމުކުރަން ނުކެރޭ ކުންފުނިތަކުގެ ހިއްސާ/ މަސްލަހަތު އޮވެގެން އެކަމާ ކަންބޮޑުވާ މީހުންތިބީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ، ވައްކަމުގެ ސަރުކާރުގެ ޖަރީމާތައް ހިންގުމުގައި މެނޭޖްމަންޓް މާބޮޑަށް ބިޒީވީ ކަމުގައިވުންވެސް އެކަށީގެންވެއެވެ.

އެންސިސް ކުންފުންޏަކީ މިވަގުތު ރާއްޖެއިން އެންމެ ބޮޑުކޮށް މަސްބޭރުކުރާ ކުންފުންޏެވެ. މަހާގުޅޭ އެކި ވައްތަރުގެ ވިޔަފާރިކުރާ އަދި އާވިޔަފާރިތަކަށް އިންވެސްޓްކުރާ ލީޑިނގް ކުންފުންޏެވެ. މިއީ ދިވެހިން ސުވާލު އުފައްދަންވީ ކަމެކެވެ. ސަރުކާރު ކުންފުޏްޏަކާއި ވާދަކޮށް ޕްރައިވެޓް ކުންފުޏްޏެއް ކުރިއަރައިގެން ދިޔުމުގެ ސިއްރަކީ ކޮބާ ބާ؟

ތާޅަފިއްޔަށް މައުލޫމާތު ލިބިފައިވާގޮތުން، ކޫއްޑޫގެ ބޯޑުގައި އަދި ކޫއްޑޫގެ ސްޓެރެޓީޖިކް ލެވެލްގައި އެންސިސްގެ މަސްލަހަތު އޮންނަ މީހުންތަކެއް މަސައްކަތް ކުރޭއެވެ. މިގޮތުން، ކޫއްޑޫއިން އަލަށް ފައްޓަންބޭނުންވާ، އެންސިސް އާއި ވާދަކުރާނެ އިންވެސްޓްމަންޓުތަށް މި މީހުންގެ ބާރުން ހުއްޓުވާ ހަދައެވެ. އަދި، ކޫއްޑޫއިން އެންސިސްއަށް ގެއްލުން ރޭޓުގައި މަސްވިއްކާކަންވެސް ވަނީ އެގިފައެވެ.

އެންސިސްގައި މަސައްކަތްކުރި މުވައްޒަފުންތަކެއްވެސް މިފްކޯ/ ކޫއްޑޫގެ އިސް މަގާމުތަކުގައި އެބަތިއްބެވެ. އެއީ ކޮންބައެއްކަން މިތާގައި ޖަހާކަށް ނެތީމެވެ. އެހެންނަމަވެސް، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހަދާފައިވާ ކޮރަޕްޝަން ރިޕޯޓުކުރާ ޒަރިއްޔާއިން މި މައުލޫމާތު އުނިކަމެއް ނެތި ވާނީ ހިއްސާކޮއްފައިއެވެ، އަދި އޭސީސީއަށްވެސް ހުށެހެޅޭނެކަން ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ދިވެހިންގެ ލޭނާރުކަމުގައި ބުނާ މަސްވެރިކަމުން ދިވެހިރައްޔިތުންގެ މަސްކުންފުންޏަށް ގެއްލުންވެ 2، 3 މީހުންނަށް އެކަނި އެ މަންފާލިބޭގޮތަށް އެކަން ވެގެން ނުވާނެއެވެ. އެކަން ހުއްޓުވަން ރައްޔިތުން ނުކުމެ އިސްލާހުގެ އެޖެންޑާ ތަންފީޒުކުރަންވާނެއެވެ.

ކޫއްޑޫއިން މިފަހަކުން އިންވެސްޓުކުރަން ނިންމައިފައިވާ މަސްބަންދުކުރާ ފެކްޓްރީވެސް ވަނީ މި ދެންނެވި ޖަރީމާގެ ބައިވެރިންގެ ބާރުން ހުއްޓުވައި، ދައުލަތާއި ކޫއްޑޫގެ މައި ކުންފުނި، މިފްކޯއާއި އެސްޓީއޯއަށް ގެއްލުންތައް ލިބެމުން އެބަދޭއެވެ.

މި ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަން ހުއްޓުވުމެ ސިޔާސަތުގެ ތެރެއިން މިފްކޯ އިންވެސްޓިގޭޓްކޮށް، އޮޑިޓްކޮށް ކުއްޑޫ/ މިފްކޯއާއި އެންސިސް އާއި އޮތް ގުޅުން ތަހުލީލުކޮށް ކޫއްޑޫއަށް  ގެއްލުންދެމުންދާ މީހުން މަގާމުން ދުރުކޮށް ދިވެހި މަސްކުންފުނި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުމީހާށް އަނެއްކާވެސް މަންފާ ލިބޭނެ ތަނެއްގޮތުގައި ހައްދަވާދެއްވުން އެއީ ތާޅަފިލި މަޖައްލާގެ އެޑިޓަރުގެ އެދުމެވެ.

6 thoughts on “ކޫއްޑޫގެ ވިޔަފާރިވަނީ އެންސިސް އިން ހިސޯރުކޮއްފައި”

 1. 12meehun kadalhee

  Enisn waserm akee ga.kolamafushee meehen,
  Mifco md akee kolamafushi ismail fauzy, kooddoo hr ahmed rauf akee kolamafushi, mi hen kooddoo ginna waxeefa athugai iss kon thibi meehunan waseem aailaa kulhun ovey. Abadhu ves kolamafushi meehun thibeynee villngili meehuna jehifai, ehve kooddoo futtalhan masakai kuranee.

Leave a Comment

Your email address will not be published.

ތާޅަފަިލި ބްލޮގް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގާ ކޮރަޕްޝަނާއި، ތަފާތުކުރުންތަކާއި، އަދި އެހެނިހްން އިހުމާލުވުންތަށް އެއްވެސް ސިޔާސީ ނުފޫޒެއްނެތި ރިޕޯޓު ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި ބޮލޮގުގައި ކޮންމެ މީހަކަށްވެސް ލިޔުމެއް ޝާއިރު ކުރެވިދާނެއެވެ

 • މައުލޫމާތު
 • މަސައްކަތް
 • އިޝްތިހާރު ކުރުން
 • ގުޅުއްވުމަށް
 • މައުލޫމާތު ފޮނުވުމަށް
 • ހުރިހާ ހަބަރުތައް
 • ކޮރަޕްޝަން
 • ވައްކަން
 • ސަރުކާރު
 • ސިޔާސީ

އީމެއިލް އަށް ހަބަރު ލިބިލެއްވުމަށް މިބައި ފުރާލާ