މާލެ ތޮއްޖެއްސުމުގެ ސިޔާސަތު ބަދަލުކުރަންވީ ވަގުތު ޖެހިއްޖެތޯ؟

Share on facebook
Share on google
Share on twitter
Share on linkedin
Share on pinterest
Share on email

މިދިޔަ ހަފްތާގެ ހުކުރު ދުވަހު މާލޭގައި ހިގައިދިޔަ އަލިފާނުގެ ހާދިސާ އަކީ ފަހުގެ ޒަމާނެއްގައި ރާއްޖޭގައިވެސް ހިގައިދިޔަ އެންމެ ބޮޑު އެއް ހާދިސާ ކަމުގައި ވާނެއެވެ. 400 އަށް ވުރެ ގިނަ މީހުނާއި 10 ބިލްޑިނގްގައި ނޫޅެވޭވަރަށް ގެއްލުންވުމާއި، އެކެއްގެ ފުރާނަ ދިޔުމަކީ ބަދަލުދޭން އަގު ވަޒަންކުރަން ދަތިވާނެ ކަމެކެވެ. އެހެންނަމަވެސް ކޮންމެވެސް އެއް ފަރާތަކުން މި ބަދަލު ދޭންޖެހޭކަން ޔަގީނެވެ.

މިކަމަކީ، ނޭގުމެއްގެ ތެރޭގައި، ގަބޫލުކުރެވޭ ސަބަބަކާއިނުލާ ހިގާދިޔަކަމެއްކަމުގައި ނުދެކެމެވެ. އަދި މިކަމަކީ ރާވައިގެން، ބަޔަކަށް ނުވަތަ ތަނަކަށް ގެއްލުމެއްދޭން ހިންގި ކަމެއްކަމުގައި ވުންވެސް އަކަށީގެން ވެއެވެ.

ކޮންމެ ގޮތެއްވިޔަސް، މި ހާދިސާ މިހާބޮޑު ހިގުމުގައި އިހުމާލުތަކެއް އެބަވެއެވެ. ތާޅަފިލިން މި ބަލާލަނީ މިކަމަކުގެ ޒިންމާ ނަގާނެ ފަރާތެއްވޭތޯއެވެ.

މި މޭރުމުން ވާހަކަ ދައްކާއިރު ސިޔާސަތުގެ ވާހަކަ ނުދައްކާ ދޫކޮއްނުލެވޭނެއެވެ. ދޫކޮއްލަންވީ އެއްމެ ސަބަބެއްވެސް ނެތެވެ. ފުރުތަމަ ކަމަކަށް އޮތީ މި ކަމުގެ އެންމެ މައި ސަބަބު (ރޫޓް ކޯސް) ކަމުގައިވާ މާލެ ތޮއްޖެއްސުމުގެ ސިޔާސަތެވެ. ޒަމާނުއްސުރެ މާލެ/ ގްރޭޓަރ މާލެ އަށް މީހުން ގެނެސް ތޮއްޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރެއެވެ. 2008 ގެ ފަހުން އައި ބަދަލައްފަހުވެސް އެއީ ބަދަލު ނުވި ސިޔާސަތެކެވެ. ދައުލަތުގެ ބަޖެޓުގެ 80 އިންސައްތަ އަށްވުރެ ބޮޑުކޮށް މާލެ ސަރަހައްދަށް ޙަރަދުކުރަން ކޮނެމެ އަހަރަކުވެސް ސަރުކާރުން ހުޝަހަޅައެވެ.

ރައްޔިތުން އެނެމެބޭނުންވާ ޙިދުމަތްތަށް ލިބެންހުންނަނީ މާލެއިން އެކަންނެވެ. ރާއްޖެތެރެ އަށް ފޮނުވާ ޑޮކްޓަރަށް ގިނަފަހަރު އެގެނީ 2 ބޭހެކެވެ. އެއީ ޕެނަޑޯލާއި “އަވަހަށް މާލެދޭ” މި ދެބޭހެވެ. މަތީ ތައުލީމު ހޯދަން މާލެ އަންނަން ޖެހެއެވެ. ވަޒީފާގަޑުހޯދަންވެސް އަންނަން ޖެހެނީ މާލެއެވެ. ފުރުސަތު އޮތީ މާލޭގައެވެ. މިހެން މިކަންވާންޖެހުނީ ސަރުކާރުތަކުން “މާލެ ފަސްޓް” ސިޔާސަތު ގެންގުޅުނީމައެވެ. އޭގެ ނަތީޖާވެސް، ދައުލަތަށް ކުރާ މަންފާވެސް ރަނގަޅެވެ. މާލެ ތޮއްޖެއްސުމުގެ ސަބަބުން ކުލިންނަގާ 10 އިންސައްތަ ޓެކުސް ސަރުކާރަށް އިތުރުވެއްޖެއެވެ. ވިޔަފާރިތަކަށް ޑިމާންޑު އިތުރުވެ، ފައިދާ ބޮޑުވެ، ސަރުކާރައްދައްކާ ޓެކުސް ވެސް ބޮޑުވެއްޖެއެވެ. ބޮޑުވި މިންވަރު މީރާ މާލޭ އޮފީހަށްވަދެ އެތޭރޭގެ ފާރަށް ނަޒަރު ހިންގާލުމުން އެގޭނެއެވެ.

ފަހަރެއްގައިވެސް ދައުލަތަށް އާމްދަނީ އިތުރުވުން ކުއްވެރި ކުރަނީކީ ނޫނެވެ. އިތުރުކުރަން މާލެ ތޮއްޖައްސާ ޖެއްސުން ކުއްވެރި ކުރަނީއެވެ.

ޕްލޭނެއްނެތި ސިޔާސަތުގެ ދޯހަޅިކަމުން މާލޭގައި އިމާރާތްކުރަންވެސް ވަކި އުސޫލެއް ހަމައެއް ނެތްތަން އެބަ ފެނެއެވެ. އިމާރާތްކުރާއިރު އެތާގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކްނަ ކަށަވަރުކުރަން ސަރުކާރުން ބާރުއަޅަނީ ހާދިސާއެއް ހިގައިގެން މީޑީއާގައި އެވާހަކަ ދައްކާ ހިސާބުން 10 ދުވަސް ވަންދެނެވެ. މީގެ 2 ހަފްތާއެއްހާ ކުރިން ހުޅުމާލޭގެ ހިޔާ މަޝްރޫއުގެ ސައިޓުގެ އިމާރާތެއްގެ 4 ވަނަބުރިން ބިދޭސީއަކު ވެއްޓިވަނީ މަރުވެފައެވެ. އެކަމާއި ގުޅިގެން އެޅި ފިޔަވަޅެއްވެސް ކުރި ކަމެއްވެސް އެގޭނެ ބަޔަކުނެތެވެ.

ސައިޓުތަކުގެ މަސައްކަތްކުރާ މީހުންނާއި އެއްގޮތަށް ކަމާނުބެހޭ މީހުންނަށްވެސް ގެއްލުންވާ މިންވަރު މަދެއްނޫނެވެ. މާލޭގައި އިމާރާތްކުރާ ތަންތަން ހުންނަނީ ހިގަން އޮންނަ ކުޑަ ޕޭވްމަންޓް މަތިން ހިގާ މީހުންނަށް ނުރައްކާވާ އުސޫލަކުންނެވެ. މި ކަމުގައިވެސް، މަތިން އެއްޗެއް ވެއްޓި މީހަކަށް ގެއްލުންވުމުން 10 ދުވަސް ވަންދެން ކުއްލި މީޓިންގ ބާއްވާ، ތަންތަން ޗެކު ކޮށް ހަދާ އެނިމުނީއެވެ.

މިއީ ހައްލެއް ނޫނެވެ. ދައުލަތުގެ ބަޖެޓުން އެތައް މިލިއަނެއް ހަރަދުކޮއްގެން ނަގާފަތިބޭ ފުލުހުންނަށް މަގުމަތީގައި މިހިގާ ގަވާއިދުތަކާއި ހިލާފު ކަންކަން ހުއްޓުވެން ޖެހޭނެއެވެ. ގޯހެއް އުޅޭހެން ހީވީމަ ބަލާފާސްކޮށް ވަގުތުން ޖޫރިމަނާކޮށް މަސައްކަތް ހުއްޓުވެން ޖެހޭނެއެވެ. ވާޖިބު އަދާކުރަން ރިޕޯޓުކުރާކަށް ނުޖެހޭ އެވެ. ސައިޓު ތަކަށް ވަންނަންވީއެވެ. މަސައްކަތުމީހުންގެ ރައްކާތެރިކަމަށް ނަޒަރުހިންގަންވީއެވެ.

މިއީ އަދި ސިޔާސަތުގެ ދޯހަޅިކަމުގެ އެއްބާބެވެ. ތޮއްޖެހި ނުކަތައިފައިމިވާ މާލޭގެ މެދުގައި އަލިފާން ހިފާ ކެމިކަލް ގުދަންކޮއްފައި ހުނަންން ދޫކޮއްފައި ހުރުން އެއީ އަދި އެހެން ވާހަކައެވެ.

ކޮންމެ ގޮތެއްވިޔަސް މާލެ މި އޮތީ ތޮއްޖެހި ފުރިފައެވެ. އާބާދީގެ 30 އިންސައްތައާއި އެތައް ހާސް ބިދޭސީންނެއް މިރަށުގައި އުޅޭއެވެ. އެކަން ބަދަލުކުރަން ބޭނުންވަނީ ދުރުވިސްނޭ ހަރުދަނާ ސިޔާސަތެކެވެ. އެއީ، ކާޝިދޫއަށް އޮފްލޯޑް ކުރުން ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް، މިހާރު އޮތް ހާލަތާއެކު މިތާއުޅެން ދަސްކުރަން އެބަޖެހޭއެވެ. އަދި ސަރުކާތުން އެންމެންގެ މަންފާއަށް މުހިންމު ސިޔާސަތުތަށް ތަންފީޒުކުރަން ވެއްޖެއެވެ. ވިޔަފާރިވެރިންނާއި ކުރިމަތިނުލައި މިގައުމުގެ އެއްކަމެއްވެސް ރަނގަޅުވެފައިނެތެވެ. އަދިވެސް ވާނީ ހަމަ އެހެންނެވެ.

ކުރިޔަށް އަންންނަ އޮތް އަހަރުތަކުގެ ބަޖެޓުގައި ރާއްޖެތެރެއަށް ޙަދަރުކުރަން ވިސްނާމިންވަރު އިރުތުކުރަންވީއެވެ. މާލެ ނޫން އެހެން އޮޕްޝަންއެއް އުފައްދަން މަސަތްކަތްކުރަންވީއެވެ. ވިޔަފާރިވެރިންނަންށް ވެސް ލިބޭ އެތިކޮޅު މަދުވިޔަސް މުސްތަގުބަލުގައި މަންފާކުރާނެއެވެ. ބުރިބުރިއަށް މައްޗަށް ނަގަން ބޭންކު ލޯނު ދޫކުރުންވެސް މަދުކުރަންވީއެވެ. އެ، އަނބުރާ ނުދެއްކޭނެކަން މިއަންނަނީ ފެންނަން ފަށަމުންނެވެ. ރައްޔިތުން ދަރަނިވެރިކުރުމުގެ ސިޔާސަތު ދޫކޮއް ގައުމަށް އިންގިލާބެއް ގެންނަންވީ ވަގުތު ޖެހިއްޖެއެވެ.

ރާއްޖެތެރެ ތަރައްގީކުރަން ހަގީގަތުގައި ޑީސެންޓްރަލައިޒް ކުރަންވީއެވެ. ކައުންސިލްތަށް ބާރުވެރިކުރަންވީއެވެ. ކައުންސިލަރުންނަށް ރޯފިލާފަތިބި މީހުން ނަގަންވީއެވެ. ޝަރުތުތަކެއް ހުރުން ލާޒިމުކުރަންވީއެވެ.

މިއީ، މާލެއިން މީހުން އޮފްލޯޑްކުރާނެ އެންމެ ރަންގަޅު ސިޔާސަތުކަމުގައި ދެކެމެވެ. ރަށްކައިރިން މަސްކިރޭ ނިޒާމު ހަމަޖެހުމުނުން މަހައްދާނެ މީހުންވެސްވާނީ ގިނައެވެ. ލޯކަލް ޓޫރިޒަމް އެރަށުން ބޭނުންވާ ގޮތަކަށް ފައްކާކުރަން ފުރުސަތު ދިނުމުން ރަށަށްދާނެ ޒުވާނުންވެސް މަދެއް ނުވާނެއެވެ. ރިސޯޓުތަކަށް ގެއްލުންވާނެއެވެ، ނަމަވެސް އެއީ މުޅި ގައުމުގެ ތަރައްގީ ހުއްޓަންވާނެވަރުގެ ކަމެއް ނޫނެވެ.

ކަންމިހެން އޮތް އިރު، މި އަލިފާނުގެ ހާދިސާގެ ޒިންމާ ނަގަންވީ، ސަރުކާރުންތޯ ނުވަތަ ގުދަނުގެ ވެރިފަރާތުންތޯ މި ސުވާލުގެ ޖަވާބު ކިޔުންތެރީންނަށް ދޫކޮއްފީމެވެ.

Leave a Comment

Your email address will not be published.

ތާޅަފަިލި ބްލޮގް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގާ ކޮރަޕްޝަނާއި، ތަފާތުކުރުންތަކާއި، އަދި އެހެނިހްން އިހުމާލުވުންތަށް އެއްވެސް ސިޔާސީ ނުފޫޒެއްނެތި ރިޕޯޓު ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި ބޮލޮގުގައި ކޮންމެ މީހަކަށްވެސް ލިޔުމެއް ޝާއިރު ކުރެވިދާނެއެވެ

  • މައުލޫމާތު
  • މަސައްކަތް
  • އިޝްތިހާރު ކުރުން
  • ގުޅުއްވުމަށް
  • މައުލޫމާތު ފޮނުވުމަށް
  • ހުރިހާ ހަބަރުތައް
  • ކޮރަޕްޝަން
  • ވައްކަން
  • ސަރުކާރު
  • ސިޔާސީ

އީމެއިލް އަށް ހަބަރު ލިބިލެއްވުމަށް މިބައި ފުރާލާ